ގައުމަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނީ އެ ގައުމަކީ ރައްކާތެރި ތަނެއްގެ ގޮތުގައި އިންވެސްޓަރުންނަށް ގަބޫލުކުރެވޭނަމަ ކަމަށާއި އެގޮތުން ރާއްޖެއަކީ ވަރުގަދަ އަސްކަރީ ބާރެއްގެ ގޮތުގައި އޮތުމަކީ ކޮންމެހެން ލާޒިމު ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ގަމުގައި ހެދި އެމްއެންޑީއެފްގެ ފުރަތަމަ އެއާ ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ, ރާއްޖޭގެ އަސްކަރީ ބާރު ތަރައްގީ ކުރުމަށް ކުރަމުން އަންނަ ކޮންމެ ކަމަކީ އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި ދިވެހި ގައުމަށް ނުހަނު ފައިދާވާނެ ކަންތައްތައް ކަމަށެވެ.
އެގޮތުން ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރެވިއްޖެ ކަމަށް ގަބޫލުކުރެވޭ މިންވަރަކަށް, ގައުމުގެ އިގުތިސާދުވެސް ދާނީ ކުރިއަށް ކަމަށާއި އިގުތިސާދަށް އިންވެސްޓްކުރާނެ ފަރާތްތައްވެސް އިތުރުވަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
”އިގުތިސާދީ ގޮތުން މި ގައުމަކީ ރެސިލިއަންޓް, ތަރައްގީ ހާސިލުކުރެވޭ ވަރުގަދަ ގައުމަކަށް ވެގެންދިއުމުގައިވެސް, ވަރުގަދަ މިލިޓަރީ ބާރެއްގެ ގޮތުގައި މި ގައުމު އޮތުމަކީ, ކޮންމެހެން ލާޒިމުކަމެއް ކަމުގައި އަޅުގަނޑު ދެކެން. ގައުމަށް ބޮޑެތި އިންވެސްޓަމްންޓްތައް އަންނާނީ, އެ ގައުމަކީ ސޭފް ތަނެއްގެ ގޮތުގައި, އެ އިންވެސްޓަރުންނަށް ގަބޫލުކުރެވެންޏާ,“ ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ, ދުނިޔޭގައި ތަރައްގީވެފައިވާ އިސްލާމީ އަރަބި ގައުމުތަކުގައިވެސް ތަރައްގީ ހާސިލުކުރެވިފައިވަނީ އަސްކަރިއްޔާ ވަރުގަދަކޮށްގެން ކަމަށެވެ. އެހެންކަމުން ނޭޝަނަލް އައިޑެންޓިޓީ ހިމާޔަތްކުރެވި, އިސްލާމީ ވަހުދަތު ކަށަވަރު ކުރެވިފައި އޮންނަ ގޮތަށް, ގައުމުގެ އިގުތިސާދީ ގޮތުން ހުޅުވާލުމަށްޓަކައި ރާއްޖޭގައި ވަރުގަދަ އަސްކަރީ ބާރެއް, އެމްއެންޑީއެފްގައި ގާއިމުވެފައި އޮންނަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
ކުލި ނުދައްކާ ހިޔާ ފުލެޓުތަކުގެ ޖޫރިމަނާތައް މައާފުކޮށްދީފި
ދިވެހިބަހުގެ ފޮތްތައް ލިޔާ ފަރާތްތަކަށް ފޮތް ޗާޕުކުރުމުގައި ހާއްސަ ގޮތްތަކެއް ހަމަޖައްސައިދެނީ
އާޒިމް, ރައީސް މުއިއްޒަށް: އޮޅުވާލަން ނޫޅުއްވާ, ވައުދުވި ދެ ލައްކަ ކޭޝް
ރައީސް އާދީއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ހަތް އަހަރު ހަމަވުމަށްފަހު ވެސް ހިޔާގެ ކުލި ބޮޑުނުވާނެ ގޮތް ހަދައިދޭނަން:
ގެދޮރުވެރިޔާ ފުލެޓުތަކުގެ އެޑްވާންސް ބޮޑުތަނުން ކުޑަކުރުމަށް ނިންމައިފި