ރާއްޖޭގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުގެ ބަޖެޓުން އިނާޔަތް ދޭން, ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ފޮނުވައިފި އެވެ.
އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ.
އޭނާ ހުށަހެޅުއްވި އިސްލާހުގައި ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ ގޮތަށްވެސް ހިމަނާފައިވެ އެވެ.
މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގައި ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ދޭކަށް ނޯވެ އެވެ.
ރާއްޖޭގައި ނައިބު ރައީސްކަން ކުރައްވާފައި ތިއްބެވި ހަ ބޭފުޅުން ތިއްބެވި އިރު, ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 25,000 ރުފިޔާގެ އިނާޔަތެއް ދޭން މަޖިލީހުން ފާސްކޮށްފި ނަމަ ދައުލަތުގެ ބަޖެޓުން އެކަމަށް މަހަކު 150,000 ރުފިޔާ ހަރަދު ކުރަންޖެހޭނެ އެވެ.




ގުޅުންހުރި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް