ޖެނުއަރީ 13, 2026

ޔާމީނަކީ ވައްކަންކުރަން ދެވިހިފާފައި ހުރި އިންސާނެއް ކަމަށް ބުނެ ފަލާހުގެ ބޮޑު ތުހުމަތެއް!

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ވައްކަން ކުރަން ދެވިހިފާފައި ހުރި އިންސާނެއް ކަމަށް ބުނެ ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ.

ޔާމީންގެ ވެރިކަން ނިމުނު ހިސާބުން ފެށިގެން މިއަދާ ހަމަޔަށް، ކުރީގެ ރައީސްގެ އޮފީސް ހިންގުމުގެ ހަރަދަށް ޖެހޭ 14.7 މިލިއަން ރުފިޔާ އެއްފަހަރާ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި ފިނޭންސް މިނިސްޓްރީ އަށް އެ މަނިކުފާނު ވަނީ ހުށަހަޅުއްވައިފަ އެވެ.

އެކަމާ ކޯފާ އިސްކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ، އެންމެ ލޯލާރިއެއްވެސް އޮފީސް ހިންގަން ދައުލަތުން ނުނަގާ ކަމަށް ކުރިން ރެއަކު ޔާމީން ވިދާޅުވި ކަމަށެވެ. އަދި ގާނޫނު އޮތް ގޮތުން ޖަލު ހުކުމެއްގައި ހުންނަ ވެރިއަކަށް އޮފީސް ހިންގުމުގެ ހަރަދެއް ނުލިބޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

”ހަލާލު އެއްޗެއްވެސް، ވަގަށް ނޫނީ، ޔާމީނު ނުނަގާނެ! އެވަރަށް ވައްކަމަށް ދެވިހިފާފައި ހުރި، އިންސާނެއްމީ! 2018 އިން 2023 ހަށްހުރީ، ދައުލަތުން ވައްކަން ކޮށްގެން، ޖަލުގައި! ޤާނޫނު އޮތް ގޮތުން، ޖަލު ހުކުމެއްގައި ހުންނަ ވެރިއަކަށް އޮފީސް ހިންގުމުގެ ހަރަދެެއް ނުލިބޭނެ! މި އޮތީ މިކަމުންވެސް، ބޮޑުވައްކަމެއް ހިންގާލަން އުޅެފައި! އަހަރެން ބައެއް މީހުންނަށް، ކަމުނުދަނީ ތެދަށް މިފަދަ ވާހަކަ ދައްކާތި!،“ ފަލާހު ޕޯސްޓުގައިވެ އެވެ.

3 Comments

  • Shameen Jihad ނޮވެމްބަރ 29, 2025

    **ދެން ކައޭ ކުރަނީ ހަލާލުއައްކަންތާއެވެ؟
    (ތިކަހަލަ އޮޅު ސޮޑުންކާނީ ބަޔަކުރިހައެޅި ކޮޅަކުންނެވެ!)😶

  • Aminath Zakariyya ނޮވެމްބަރ 29, 2025

    R YAMEEN ge iruga ves vahkan kuri meehun emme baarah thi govaniy thihen, R Y kuri vakkan eheriy emmen nah fennan hulhu maleyga, thivaruge ladhu kuda meeheh dhuvahaku ves nudheken.

  • Aslam Nazim ޑިސެމްބަރ 1, 2025

    ތިނޫން މީހަކު ނެތް މިގައުމުގައި..

Leave a Reply