ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން (ނައްޓު) މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ނައްޓު އައްޔަން ކުރެއްވީ ޑިސެމްބަރު 23، 2024 ގަ އެވެ.
”ހަފްތާ“ އަށް އެނގިފައިވާ ގޮތުގައި ނައްޓު އިސްތިއުފާ ދެއްވީ ޔޫތް މިނިސްޓްރީގެ ސިޔާސީ މަގާމަކަށް ވަޑައިގެންނެވުމަށެވެ. ނަމަވެސް އެއީ ކޮން މަގާމެއް ކަމެއް އަދި ކަށަވަރުވެފައެއް ނުވެ އެވެ.
ނައްޓުއަކީ މި ސަރުކާރުގައި ޕީއެސްއެމްގެ އެމްޑީ ކަމަށް އައްޔަން ކުރެއްވި ތިންވަނަ އެމްޑީ އެވެ. ކުރިން އެ މަގާމު ފުރުއްވީ ޒީނާ ޒާހިރާއި މުހައްމަދު ސައީދެވެ. އެ ދެ ބޭފުޅުން ވެސް ވަކި ހިސާބަކުން އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވީ އެވެ.



