އެސްޓީއޯ އާއި ޖަޕާންގެ މަޝްހޫރު ހިޓާޗީގެ ގުޅުމަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ކުލަގަދަ ހަފުލާއެއް ބާއްވައިފި އެވެ.
ރޭ ބާސެލޯ ނަސަންދުރަގައި ބޭއްވި އެ ހަފުލާ ޝަރަފުވެރިކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.
ހަފުލާގައި ހިޓާޗީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރާއި ކުންފުނީގެ ބޭފުޅުންގެ އިތުރުން އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި އެސްޓީއޯގެ ބޯޑު މެމްބަރުން އަދި ކުންފުނީގެ ކުރީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ހަފުލާގައި ރާއްޖޭގައި ވިއްކާ ހިޓާޗީ ބްރޭންޑްގެ އުފެއްދުންތަކުގެ ތެރެއިން ހޮވާލެވިފައިވާ ޕްރޮޑަކްޓްތައް ވަނީ ޑިސްޕްލޭ ކޮށްފައި ހުރި އިރު, ހިޓާޗީއާއި އެސްޓީއޯގެ 25 އަހަރުވީ ގުޅުމުގެ މުއްދަތުގައި އެންމެ ގިނައިން ހިޓާޗީ ޕްރޮޑަކްޓްތައް ބައްލަވައި ގެންނެވި 4 ކަސްޓަމަރެއް އަގުވަޒަންކޮށް ވަނީ އެވޯޑް ދީފަ އެވެ.
އޭގެ އިތުރުން ހިޓާޗީން އަލަށް ތައާރަފު ކުރި ’ހިޓާޗީ ނިއު އެއާ‘ ރޭންޖްގެ ޕްރޮޑަކްޓްތައް ރޭގެ ހަފުލާގައި ވަނީ ލޯންޗުކޮށްފަ އެވެ.
އެސްޓީއޯ އިން ބުނީ, ރޭގެ ހަފްލާއަކީ އެސްޓީއޯ އާއި ހިޓާޗީ އާ ދެމެދު އުފެދިފައިވާ 25 އަހަރުވީ ގާތް ގުޅުމުގެ އަލިގަދަ ރަމްޒެއްގެ އިތުރުން އެ ގުޅުން އިތުރަށް ހަރުދަނާ ކުރަން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.
ގަރުނަކަށް ވުރެ ގިނަ ދުވަސްވީ ހިޓާޗީ ކުންފުންޏަކީ ފެށުނީއްސުރެ ދުނިޔޭގެ ބާޒަރުގައި ނަން ވިދަމުން އަންނަ އިތުބާރު ހިފޭ ކުންފުންޔެކެވެ. މި ކުންފުނީގެ އުފެއްދުންތަކަކީ ދިވެހީންގެ މެދުގައި ބޮޑު މަގުބޫލުކަމާއި އިތުބާރެއް ހޯދައި, މިއަދާ ހަމައަށްވެސް އެ އިތުބާރު ދަމަހައްޓަމުން އަންނަ އުފެއްދުންތަކެކެވެ.




ގުޅުންހުރި
އެސްޓީއޯއާއި އެއްއަގަށް ބާޒާރުގައި އޮރެންޖުގެ އަގު ތިރިވެއްޖެ
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި