އިނގިރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅަކީ އިނގިރޭސި ރަސްގެފާނު، ޗާލްސް ތިންވަނައިގެ ދައުވަތަކަށް، ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސްއެމްއައި) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، ”ހައި-ލެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން“ ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ބައިނަލްއަގުވާމީ ޑިވެލޮޕްމަންޓް ބޭންކުތަކާއި ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރީން ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ، މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީގެ ދުވެލި އަވަސްކުރުމަށް، ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ހަރުދަނާކޮށްގެން، ޕްރައިވެޓް ކެޕިޓަލް ބޭނުންކުރެވިދާނޭ ގޮތްތަކާމެދުގައިވެސް ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނެ ކަމަށް ބުންޏެވެ.
ރައީސް އިނގިރޭސި ވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ މި އަހަރުގެ ތެރޭގައި އެ މަނިކުފާނު އެ ގައުމަށް ކުރައްވާ ތިންވަނަ ދަތުރުފުޅެވެ.
މި އަހަރު ތެރޭގައި ރައީސް އިނގިރޭސި ވިލާތަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަކީ ލިވަޕޫލް އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށް ގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެ ދަތުރުފުޅު ކުރެއްވީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ.
ރައީސް އިނގިރޭސި ވިލާތަށް ދެވަނަ ދަތުރުފުޅެއް ކުރެއްވީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެއ ީމަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.




2 Comments
ގުޅުންހުރި
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި