އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމުގެ މަގާމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ހުށަހަޅާފައިވާ ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ)ގެ ނަމަށް، ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ތާއީދުކުރައްވައިފިއެވެ.
އެމްޑީޕީގެ ތެރޭގައި މިހާރު އެންމެ ބޮޑު ހަމަނުޖެހުމެއް އުފެދިފައިވަނީ، ވަގުތީ ޗެއާޕާސަނަކު އިންތިހާބުކުރުމުގެ މައްސަލައިގައެވެ. މިދިޔަ ހުކުރު ދުވަހު ބޭއްވި ގައުމީ މަޖިލީސް ބައްދަލުވުން ހޫނުވީ ވެސް އެ ވޯޓުގެ ތެރެއިންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފައްޔާޒް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިހާރު ހުށަހެޅިފައިވަނީ ހަމައެކަނި ގަޕޯގެ ނަން ކަމަށާއި ވަގުތީ ޗެއާޕާސަންކަމަށް ގަޕޯއަށް ތާއީދުކުރައްވާ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ބައްދަލުވުން ހޫނުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ހުށަހެޅި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދުގެ ނަމަށް ވޯޓަށް އަހައި، ވޯޓު ގުނުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރި ހިސާބުންނެވެ.
އެ ބައްދަލުވުން ނިންމާލުމަށްފަހު، އެމްޑީޕީން ވަނީ ވަހީދު އިންތިހާބުވާ ވަރަށް ވޯޓު ލިބިފައިވާ ކަމަށް ނިންމައި، ވަގުތީ ޗެއާޕާސަންކަމަށް އިންތިހާބުވެފައިވާކަން ވެސް އަންގައިފައެވެ. ނަމަވެސް ވަހީދު ނިންމީ އެ މަގާމު ދޫކޮށްލުމަށެވެ.




ގުޅުންހުރި
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން
އެމްޑީޕީގެ ޗެއާޕާސަންކަމަށް ރީކޯ މޫސަގެ ޝައުގުވެރިކަން
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!