އަންނަ ދިރާސީ އަހަރު ފެށޭއިރު، ގްރޭޑު 10 އިން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ވެއްދުން މަނާވާނެ ކަމަށާއި ގްރޭޑު 11 އަދި 12ގެ ކުދިންގެ ފޯނުތައް ބާއްވަން ޖެހޭނީ ލޮކަރުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާއެކު ރެހެންދި ސްކޫލުގައި މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގްރޭޑު 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ވެއްދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން ދިރާސީ އަހަރު ފެށިގެންދާ އިރުގައި، ގްރޭޑް 10 އިން ދަށުގެ އެއްވެސް ކުއްޖަކަށް ސްކޫލަކަށް ފޯނެއް ނުގެންދެވޭނެ ކަމަށާއި އެކަން ވަރަށް ހަރުކަށިކޮށް އަމަލުކުރާނެ ކަމަށެވެ. އަދި ރަސްމީ ސްކޫލު ގަޑީގައި ގްރޭޑް 10 އިން ދަށުގެ ކުދިންނަށް ފޯނު ބޭނުން ނުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގްރޭޑް 11 އާއި 12 ގެ ކުދިންނަށް ފޯން ގެންދެވޭނެ ކަމަށާއި އެހެންނަމަވެސް ކިޔަވައިދޭ ވަގުތުތަކުގައި އެ ދަރިވަރުން ފޯނުތައް ބަހައްޓަން ޖެހޭނީ އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާ ލޮކަރުތަކެއްގައި ކަމަށެވެ. އަދި ލޮކަރުން ފޯނުތައް ނެގޭނީ ކިޔަވައިދޭ ވަގުތުތައް ނިމުމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ގްރޭޑް 11 އާއި 12 ގެ ކުދިން އުމުރާ ގުޅޭގޮތުން ބަލާއިރުގައި އެގޮތަށް ފޯނު ބޭނުންކުރަން ލިބެންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް ކިޔަވައިދޭ ވަގުތުތަކުގައި ފޯނު އަތުގައި އޮތުން ގަބޫލުނުކުރެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.




ގުޅުންހުރި
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން ރައީސް ވަހީދު އިސްތިއުފާދެއްވައިފި
ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ، ދެ ތަނެއްގައި ތަގުރީރު ކުރައްވާނެ
މެއި/ޖޫންގައި އަމިއްލަގޮތުން އޭ ލެވެލް ހެދޭގޮތަށް ހަމަޖައްސައިފި
އެސްއީޒެޑްގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރު
އެސްއެސްސީ އިމްތިހާނުގެ މާއްދާއެއްގެ ގޮތުގައި ގުރުއާން ހިމަނަނީ