ހުޅުމާލޭގައި ހިންގި ޑުރަގުގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ޑުރަގާއެކު ހުޅުމާލޭން މީހަކު ހައްޔަރުކޮށްފި އެވެ.
ޑުރަގާ ދެކޮޅަށް ފުލުހުން ހިންގާ ”އޮޕަރޭޝަން އަލިމަގު“ގެ ދަށުން މި މަހުގެ 26 ވަނަ ދުވަހު އޮޕަރޭޝަންގައި ހައްޔަރުކުރީ ހމ. ސިފްކޯހިޔާ 0801 ބީ / މާލެ، އިބްރާހީމް އަމްރު ތައުފީގު (22އ) އެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ ޑުރަގް ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު ޑުރަގް ކަމަށް ބެލެވޭ 500 ގުރާމްގެ ތަކެތި ފެނިފައިވާ ކަމަށްވެސް ބުންޏެވެ.
މި މައްސަލައާ ގުޅިގެން އަމްރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހަށް ބަންދުކޮށްފަ އެވެ.


