ދީނީ ހޭލުންތެރިކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރައްވާ ޝެއިހް މުހައްމަދު އިބްރާހީމް (ނައިފަރީ) ގެ ސިއްހީ ހާލަތު ދެރަވެ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.
ޝެއިހްގެ ހާލު ގޯސްވީ އަލް އަސްރު އަދި އެޗްޑީސީ ގުޅިގެން މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވި ”ކަލަކުވޭ ބިރުވެތިވޭ“ ދަރުސް ދެއްވުމަށް މާލެ ވަޑައިގެން އުޅުއްވަނިކޮށެވެ.
ޝެއިހްގެ ސިއްހީ ކަންކަމުގައި އެހީ ފޯރުކޮށްދެމުންދާ ”އެހީ“ ޖަމިއްޔާއިން މިއަދު ބުނީ ދަރުސް ދެއްވުމަށް މާލެ ވަޑައިގަތުމަށްފަހު ހުން ގަދަވެ ހާލު ދެރަވުމުގެ ސަބަބުން އިތުރަށް ބެލުމަށާއި ފަރުވާ ހޯދުމަށް ޝެއިހް އެޑްމިޓްކޮށްފައިވާ ކަމަށެވެ.
ބައެއް ސީރިއަސް ކަންކަން ހިމެނޭތީވެ ޓެސްޓުތަކެއް ކުރިއަށް ގެންދާނެ ކަމަށް ޑޮކްޓަރު އަންގަވާފައިވާ ކަމަށް އެހީ ޖަމިއްޔާއިން ބުންޏެވެ. އަދި ހުރިހާ ފަރާތްތަކުގެ ހެޔޮ ދުއާއަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.
ޝެއިހް މާލެ ވަޑައިގެންނެވީ އަލް އަސްރު އަދި އެޗްޑީސީ ގުޅިގެން މިދިޔަ ހުކުރު ދުވަހު ބޭއްވި ”ކަލަކުވޭ ބިރުވެތިވޭ“ ދަރުސް ދެއްވުމަށެވެ.
ޝެއިހް އިބްރާހިމް ވަނީ ލޮލުގެ ސިއްހީ މައްސަލަތަކަކާ ގުޅިގެން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ދާދިފަހުން އާންމުންގެ އެހީ ހޯއްދަވައިގެން ފަރުވާއަށް ތައިލެންޑަށް ވަޑައިގެންފައެވެ. އަދިވެސް ޝެއިހް ގެންދަވަނީ ލޮލުގެ ފަރުވާ ހޯއްދެވުމުންނެވެ.




ގުޅުންހުރި
ބާޒާރުމަތީ މަގު މާދަމާ އާންމު ދަތުރުފަތުރަށް ހުޅުވާލަނީ
ސީޕީ ނަވީން ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި
ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވެ އުޅޭ މީހަކު ހައްޔަރުކޮށްފި
ސޮޓޮކް މަދުވުމުން 20 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ނެރެފި
ގެދޮރުވެރިޔާ ސްކީމް: މިހާތަނަށް 3600 އަށް ވުރެ ގިނަ ފަރާތްތަކާއި ފުލެޓް
އިންތިޚާބަކާ ނުލާ ވެރިކަންކުރާ ޕާޓީ ޕީއެންސީއަށް 69 ގޮނޑި ކަށަވަރުވެއްޖެ