-
ހަމަލާތަށް ދީފައިވާނީ ”އިންޓެލިޖެންސް މަޢުލޫމާތަށް ބިނާކޮށް، ކަނޑައެޅޭ ވަކި އަމާޒުތަކަކަށް“ ޕާކިސްތާން.
-
ތާލިބާން (ޓީ.ޓީ.ޕީ) އާއި އެ ޖަމާޢަތާ ގުޅުންހުރި ގްރޫޕްތަކުގެ ހަތް މަރުކަޒަކަށް ޙަމަލާދީފައިވާނެ: ޕާކިސްތާން.
-
ޕާކިސްތާނުގެ ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ބަޔަކުވަނީ މަރުވެފަ: އަފްޣާނިސްތާން.
-
އެކަށީގެންވާ މުނާސަބު ވަގުތެއްގައި ހަމަހަމަ ރައްދެއް ދޭނަން އަފްޣާނިސްތާން.
ޕާކިސްތާނުގެ އަސްކަރިއްޔާއިން އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އަފްޣާނިސްތާނުގެ ބައެއް ސަރަޙައްދުތަކަށް ވައިގެ މަގުން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.
މި ޙަމަލާތައް އަމާޒުކޮށްފައިވަނީ، އިސްލާމްއާބާދުގެ ޝީޢީ މިސްކިތަކަށް ދިން ނުރައްކާތެރި ޖާނުން ފިދާވުމުގެ ޙަމަލާ ހިމެނޭހެން، ދާދިފަހުން ޕާކިސްތާނަށް ދީފައިވާ އެކި ޙަމަލާތަކުގެ ފަހަތުގައިވާ ހަނގުރާމަވެރި ޖަމާޢަތްތަކުގެ މަރުކަޒުތަކާއި ފޮރުވިގެން ތިބޭ ތަންތަނަށެވެ.
ޕާކިސްތާނުގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގް އިން ”އެކްސް“ މެދުވެރިކޮށް އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޤައުމުގެ އަސްކަރިއްޔާއިން ”އިންޓެލިޖެންސް މަޢުލޫމާތަށް ބިނާކޮށް، ކަނޑައެޅޭ ވަކި އަމާޒުތަކަކަށް“ ޚާއްޞަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ޕާކިސްތާން ތާލިބާން (ޓީ.ޓީ.ޕީ) އާއި އެ ޖަމާޢަތާ ގުޅުންހުރި ގްރޫޕްތަކުގެ ހަތް މަރުކަޒަކަށް ޙަމަލާދީފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.




ގުޅުންހުރި
ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި
ޕާކިސްތާނުގައި ފެންބޮޑުވެ 48 ގަޑިއިރު ތެރޭ 344 މީހުން މަރުވެއްޖެ
ކަޝްމީރުގައި ބަޑިން ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ގެތައް
އިމްރާން ހާން 14 އަހަރަށް، އަނބިކަނބަލުން 7 އަހަރަށް ޖަލަށް
ފަސް ކިލޯއަށްވުރެ ގިނަ މަސްތުވާތެކެތި ރާއްޖެއަށް އެތެރެކުރި ޕާކިސްތާނު މީހަކު ހައްޔަރުކޮށްފި
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް އެ ޤައުމުގެ އިންތިޚާބުތަކުގައި ވާދަކުރުމުގެ