ބާޒާރުގައި އޮރެންޖުގެ އަގު އެސްޓީއޯއާއި އެއްއަގަށް ތިރިވެއްޖެއެވެ.
އެސްޓީއޯއިން އޮރެންޖުގެ އަގު ތިރިކުރުމާއި ހަމަޔަށް ބާޒާރުގައި އޮރެންޖުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ހަފްތާ އާއި ވާހަކަދެއްކި ބައެއްވިޔަފާރިވެރިން ވިދާޅުވީ ބާޒާރުގައި އޮރެންޖްގެ އަގު އުފުލިފައިވަނީ ރާއްޖެގެނައުމަށް ތައްޔަރުވެފައިވާ ޝިޕްމެންޓްތަކެއްގެ ދަތުރު ލަސްވުމުގެ ސަބަބުންކަމަށެވެ.
މީގެ އިތުރުން މިސްރާއި ދެކުނު އެފްރިކާ ފަދަ އޮރެންޖް އެކްސްޕޯޓްކުރާ ގައުމުތަކުން މުދާ ލިބުން ދަތިވުމާ ގުޅިގެންވެސް އޮރެޖްގެ އަގު އުފުލުނުކަމަށް އެވިޔަފާރިވެރިންވަނީ ވިދާޅުވެފައެވެ. އަދި އެފްރިކާގެ ބަނދަރުތައް ތޮއްޖެހުމުގެ އިތުރުން ކޭޕް އޮފް ގުޑް ހޯޕް މަގުން އުޅަނދުފަހަރު ދަތުރުކުރަން ޖެހުމުގެ ސަބަބުންވެސް މުދާ ލިބުމަށް ހޭދަވާ ވަގުތު އިތުރުވެގެންދިޔަކަމަށެވެ. ނަމަވެސް، ލަސްވެފައިވާ ޝިޕްމަންޓްތައް މިހާރު ބާޒާރަށް ނެރެފައިވާކަމަށްވެސް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.
އޮރެންޖްގެ އަގުތައް ބޮޑުވުމާ ގުޅިގެން ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާއިރު ބައެއް ވިޔަފާރިވެރިން ބުނެފައިވަނީ އޮރެންޖްގެ އަގުތައް ބޮޑުވެގެން ދިޔައީ ކޭހުގެ އަގުވެސް ބޮޑުވެގެން ކަމަށެވެ. ނަމަވެސް މިހާރު އޮރެންޖް ލިބެން ފެށުމާއެކު ކޭސް ލިބެމުންދާ އަގުވެސް ވަނީ ހެޔޮ ވެފައެވެ. އެގޮތުން މީގެ ކުރިން 10ރ. އާއި 16ރ. އަށް ލިބެން ފެށި އޮރެންޖުގެ އަގު މިހާރު ވަނީ 6ރ. އާއި 7ރ. އަށް ތިރިވެފަ އެވެ.
ބާޒާރުގައި އޮރެންޖު ލިބުން ދަތިވެ އަގުތައް އިންތިހާއަށް އުފުލިފައިވީ ނަމަވެސް، އެސްޓީއޯ ސުޕަމާޓުން އަންނަނީ ހެޔޮ އަގެއްގައި އޮރެންޖު ވިއްކަމުންނެވެ. ސަރުކާރުން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ އޮރެންޖު، އެސްޓީއޯއިން ދިޔައީ އެއްވެސް ކޮންޓްރޯލްކުރުމަކާ ނުލާ ވިއްކަމުންނެވެ. އަދި އެސްޓީއޯގެ ހުރިހާ އައުޓްލެޓަކުންވެސް ރައްޔިތުންނަށް ބޭނުން ވަރަކަށް ރީޓެއިލްކޮށް އޮރެންޖް ވިއްކާފައިވެއެވެ. އެސްޓީއޯއިން ވިއްކަމުންދަނީ ކިލޯއެއް 40 ރުފިޔާގެ ރޭޓުންނެވެ. މިއާއެކު އެއް އޮރެންޖެއްގެ އަގު ޖެހޭނީ 5.7ރ. އާއި 6.7ރ. ދެމެދަށެވެ.




ގުޅުންހުރި
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ