އެމެރިކާ އާއި އިރާނުން ހަމަލާ ބަދަލުކުރަން ފަށައިފިއެވެ.
އެމެރިކާއިން އިޒްރޭލާ ގުޅިގެން އިރާނަށް ހަމަލާތައް ދޭން ފަށާފައިވާ އިރު، އިރާނުން ވެސް ދަނީ ހަމަލާތައް ދެމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ހަމަލާތަކާ ގުޅިގެން މެދުއިރުމަތިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީ، ބަހުރެއިންގެ މަނަމާ އަދި ކުވޭތުން ވަނީ ބާރުގަދަ ގޮވުންތަކެއް ގޮވައިފައެވެ. އޭގެ އިތުރުން ސައުދީ އަރަބިއްޔާ އާއި ގަތަރުން ވެސް ވަނީ ގޮވުންތަކެއް ގޮވައިފައެވެ.
އިރާނުގެ ވެރިކަންކުރާ ތެހެރާން އާއި އުރްމިއާއަށް އެމެރިކާގެ ހަމަލާތައް އަމާޒުވެފައިވާ އިރު، އިރާނުން ދަނީ ގަލްފްގެ ގައުމުތަކުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ހަމަލާ ދީފައެވެ. އިރާނުން ހަމަލާދީފައިވަނީ ގަތަރުގައި ހުންނަ އަލް އުދެއިދް އެއާ ބޭސް، ކުވެއިތުގައި ހުންނަ އަލް ސާލެމް އެއާ ބޭސް، ޔޫއޭއީގައި ހުންނަ އަލް ދަފްރާ އެއާ ބޭސް އަދި ބަހުރެއިންގައި ހުންނަ ދަ ޔޫއެސް ފިފްތު ފްލީޓު ބޭސްއަށެވެ.
އެ ހަމަލާތަކާ ގުޅިގެން ގަލްފްގެ ގައުމުތަކުން ވަނީ ވައިގެ ދަތުރުފަތުރުތައް ވެސް މެދުކަނޑާލައިފައެވެ.



