މާފަންނު ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްވީ ކްރައިސިސް

މާފަންނުގައި ހުންނަ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާފަންނުގައި ހުންނަ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ މާލޭ، މާފަންނު، ދަކަންދާމަގުގައި ހުންނަ ގެއެއްގައި މީހަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައެއް މިއަދު މެންދުރު 1:01 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މަރުވެފައި އޮއްވައި ފެނިފައިވަނީ ތޯތާޕަރީ / ސ. ހުޅުދޫ، މުހައްމަދު ނިޒާރު (54އ) އެވެ.

ފުލުހުން ބުނީ މުހައްމަދު ނިޒާރު މަރުވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.