އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުން، މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މީހަކު މަރުވެފައި އޮތް ކަމަށް މިއަދު ހަވީރު 4:41 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެމީހާގެ ހަށިގަނޑު މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއީ ބިދޭސީ ފިރިހެނެއް ކަމަށެވެ. ނަމަވެސް އެއީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.
މަރުވެފައި އޮތް މީހާގެ ހަށިގަނޑުން އަނިޔާގެ ނިޝާނެއް ހުރި ކަމެއް ނުވަތަ މަރުގައި ޝައްކުތަކެއް ހުރި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.


