މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި 15 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޒަކާތް ހައުސް އިން ބުނެފި އެވެ.
ޒަކާތް ހައުސް އިން ބުނީ, މި އަހަރު މުޅި ރާއްޖެއިން ފިތުރު ޒަކާތުގެ ގޮތުގައި 15,0009,749 ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރު މުޅި ރާއްޖެއިން ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު އަދަދަށްވުރެ 1.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރު މުޅި ރާއްޖެއިން ފިތުރު ޒަކާތުގެ ގޮތުގައި ލިބުނީ 13.6 މިލިއަން ރުފިޔާ އެވެ.
އަދި މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު އަދަދަކީ މިދިޔަ ހަތަރު އަހަރު ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު އެންމެ ގިނަ އަދަދެވެ. މިދިޔަ ހަތަރު އަހަރު ތެރޭ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު:
- 2023: 12.7 މިލިއަން ރުފިޔާ
- 2024: 12.6 މިލިއަން ރުފިޔާ
- 2025: 13.6 މިލިއަން ރުފިޔާ
- 2026: 15 މިލިއަން ރުފިޔާ



