ކުޅުދުއްފުށީ ސިޓީގައި މީހަކު ގެނބިގެން މަރުވެއްޖެއެވެ.
”ހަފްތާ“އަށް އެނގިފައިވާ ގޮތުގައި ގެނބިގެން މަރުވެފައިވަނީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ގެނބިގެން މަރުވެފައި އޮއްވައި ފެނުނީ އޭނާ ގެއްލިގެން ހޯދަމުންދަނިކޮށް، ކުޅުދުއްފުށި އުތުރު ފަރާތު މޫދަށް އެރި އުޅެނިކޮށެވެ. އޭނާ ފެނިފައިވަނީ ގެއްލިގެން ހޯދަމުންދިޔަތާ ގަޑިއިރެއް ފަހުންނެވެ.
އޭނާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ.



