ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ

ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ވެއްޓިފައި އޮއްވައި ފެނިގެން މިއަދު ހަވީރުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަރުވެފައިވަނީ މ. ރޭއަލިވާގެއާގެ / މާލެ، އަހުމަދު ނަވްޝާދު (41އ) އެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.