އުތުރުގެ ރަށެއްގައި ކުއްޖަކު ގަހެއްގައި ބަނދެ، އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ކުއްޖަކު ގަހެއްގައި ބަނދެފައި ހުންނަ މަންޒަރު ފެންނަ ވީޑިއޯ މިއަދު ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. އެ މައްސަލަ ހިނގާފައިވަނީ މިއަދު ހުކުރު ނަމާދުގެ ވަގުތުގައެވެ.
ފުލުހުން މިއަދު ބުނީ އަާ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެ ފަދަ އަމަލެއް ހިންގި މައްސަލައެއް މިއަދު 13:10 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.



