ގާނޫނުއަސާސީ އެކުލަވާލަން އުފެއްދި ހާއްސަ މަޖިލީހުގެ މެންބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި މުހައްމަދު ރާމިޒު، އުމުރުން 74 ގައި އަވަހާރަވެއްޖެ އެވެ.
ރާމިޒުގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
ހާއްސަ މަޖިލީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ގއ. އަތޮޅު މެންބަރުގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި ރާމިޒަކީ ސިޔާސީ ކަންކަމުގައި ވެސް ކުރިން އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އުފެއްދެވި ޑީއާރުޕީގެ ނައިބު ރައީސްކަން ވެސް ރާމިޒު ކުރެެއްވި އެވެ. ސިޔާސީ ކަންކަމުގެ އިތުރުން ރާމިޒަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ.









