ހުޅުމާލެ ފަޅު ބޭރުގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ އަނދަނީ، ދެ މީހަކަށް ފަރުވާދެނީ

ހުޅުމާލެ ފަޅު ބޭރުގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ އަނދަނީ

ހުޅުމާލެ ފަޅު ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގައި މިއަދު ހަވީރު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 16:55 ކަންހާއިރުއެވެ. އަލިފާން ރޯވި ސަފާރީގައި ތިބި ދެ ފަޅުވެރިއަކަށް ދުމުގެ އަސަރުކޮށްގެން، މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަލިފާން ރޯވާން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

މިއީ ކަނޑުއުޅަނދުފަހަރުގައި އަލިފާނުގެ ހާދިސާތައް ހިނގުން އިތުރުވަމުންދާ ދުވަސްވަރެއްގައި ހިނގި ހާދިސާއެކެވެ.