ވޯލްޑް
ކަޕް

ސޮން ރިޓަޔާކުރަން އުޅޭ ވާހަކަތައް ދޮގުކޮށްފި

ސައުތު ކޮރެއާ ކެޕްޓަން ސޮން ހިއުން-މިން -- ފޮޓޯ: ގެޓީ

ސައުތު ކޮރެއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ސޮން ހިއުން-މިން، މި ފަހަރުގެ ފީފާ ވޯލްޑް ކަޕަކީ އޭނާގެ ފަހު މުބާރާތް ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.

މެކްސިކޯގެ ގުއަޑަލަޖާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އުމުރުން 33 އަހަރުގެ ސޮން ބުނީ، މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް އޭނާ އެއްވެސް އިރަކު ބުނެފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމާނީ އަމިއްލައަށް ކަމަށް އޭނާ ބުންޏެވެ.

ސައުތު ކޮރެއާގެ ޓީމު މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ޗެކް ރިޕަބްލިކާ ދެކޮޅަށް ނުކުންނަ އިރު، ކޯޗު ހޮން މިއުން-ބޯ ވަނީ ސޮންގެ ތަޖުރިބާއާއި ގާބިލުކަމާ މެދު އިތުބާރު އޮތްކަން ފާހަގަކޮށްފައެވެ.

މިދިޔަ އަހަރު ޓޮޓެންހަމް ހޮޓްސްޕާ ދޫކޮށް އެމެރިކާގެ ލޮސް އެންޖެލިސް އެފްސީއާ ގުޅުނު ފަހުން، ސޮންގެ ލަނޑު ޖެހުމުގެ ރޭޓް ދަށްވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރި ނަމަވެސް، އޭނާ އަންނަނީ ޓީމުގެ ޒުވާން ކުޅުންތެރިންނަށް ހިތްވަރު ދިނުމުގައި އިސް ދައުރެއް އަދާކުރަމުންނެވެ.

މުބާރާތުގެ ގްރޫޕް އޭގައި ސައުތު ކޮރެއާ ހިމެނޭއިރު، ޗެކް ރިޕަބްލިކްގެ އިތުރުން މުބާރާތް ބާއްވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ މެކްސިކޯއާއި، ސައުތު އެފްރިކާއާ ދެކޮޅަށް އެ ޓީމު ކުޅޭނެއެވެ.

ވޯލްޑް ކަޕް ގްރޫޕު އޭގައި ކުރިއަށް ހުރި މެޗުތައް:

  • 12 ޖޫން، 00:00 (މިރޭ)، މެކްސިކޯ – ސައުތު އެފްރިކާ
  • 12 ޖޫން، 07:00، ސައުތު ކޮރެއާ ޗެކް ރިޕަބްލިކް