ވޯލްޑް
ކަޕް

ރެކޯޑުތައް މުގުރަމުންދާ މެސީއާއެކު އާޖެންޓީނާ ދެވަނަ ބުރަށް 

މެސީ ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ

ފީފާ ވޯލްޑް ކަޕް 2026 ގެ ”ގްރޫޕް ޖޭ“ ގައި އާޖެންޓީނާ އާއި އޮސްޓްރިއާ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކާމިޔާބުކޮށް، މުބާރާތުގެ ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ.

ޑަލަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ފުޓްބޯޅައިގެ ތާރީހުގައި ލިއޮނަލް މެސީއަށް ވަރަށް ހާއްސަ މެޗެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕެނަލްޓީއެއް ނާކާމިޔާބުވި ނަމަވެސް، މެސީ ވަނީ މެޗުގެ 38 ވަނަ މިނެޓުގައި ގޯލެއް ކާމިޔާބުކޮށް، ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލައިފައެވެ. މިއީ މެސީ ވޯލްޑް ކަޕްގައި ޖެހި 17 ވަނަ ގޯލެވެ.

މެޗުގެ ފަހު މިނެޓުތަކުގައި މެސީ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް އާޖެންޓީނާގެ ލީޑު ފުޅާކޮށްދީފައެވެ. މި ނަތީޖާއާއެކު، އަލްޖީރިއާ އަތުން 3-0 އިން މޮޅުވެ މުބާރާތް ފެށި އާޖެންޓީނާއަށް މިހާރު ގްރޫޕްގެ އެންމެ ކުރީގައި އޮތުމުގެ ފުރުސަތު ބޮޑުވެ، ދެވަނަ ބުރުން ވެސް ވަނީ ޖާގަ ކަށަވަރުވެފައެވެ.

މި މޮޅާއެކު އާޖެންޓީނާ ވަނީ ވޯލްޑް ކަޕް ދިފާއުކުރުމުގެ އަމާޒުގައި ވަރުގަދަ ފިޔަވަޅެއް އަޅައިފައެވެ.