އެސްޓީއޯ އިން ފިލިޕްސް އޭސީ ތައާރަފުކޮށް، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

އެސްޓީއޯ އިން ދިވެހިންގެ ތެރޭގައި މަގުބޫލު ބްރޭންޑެއް ކަމަށްވާ، ފިލިޕްސް ބްރޭންޑުގެ އޭސީ ރާއްޖެއަށް ތައާރަފުކޮށް، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފިލިޕްސް ސްޕްލިޓް ވޯލް-މައުންޓެޑް އޭސީ ތައާރަފު ކުރީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވުމަށްފަހު އެވެ.

ފިލިޕްސްގެ މި އޭސީއަކީ އިތުބާރު ހިފޭ، އާންމު ގެތަކަށާއި އޮފީސް މާހައުލުތަކަށް އެކަޝޭނެ، ސްމާޓް ކޫލިން ސިސްޓަމެއް އިންނަ އުފެއްދުމެކެވެ. އަދި މިއީ ގިނަ ދުވަހު ގެންގުޅެވޭ، އަވަހަށް ފިނިކޮށްދޭ، ބޭނުންކުރަން ފަސޭހަ އޭސީތަކެކެވެ.

އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ފިލިޕްސް އޭސީތައް ތައާރަފުކޮށް، އާންމުންނަށް ހާއްސަ ޕްރޯމަޝަނެއް ވަނީ ހުޅުވާލައިފަ އެވެ.

އަންނަ މަހުގެ ޖުލައި 11 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ފިލިޕްސް އޭސީތައް ހާއްސަ ޑިސްކައުންޓް އަގުތަކެއްގައި ލިބިގެންދާނެ އެވެ. އެގޮތުން ފިލިޕްސް އޭސީތަކުގެ 9،000 ބީޓީޔީ، 12،000 ބީޓީޔޫ، 18،000 ބީޓީޔޫ އަދި 24،000 ބީޓީޔޫގެ އޭސީތަކުންވެސް ޑިސްކައުންޓް ލިބިގެންދާނެ އެވެ.