މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކަށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގި ރެއިޑެއްގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 27 ބިދޭސީއަކު އަތުލައިގެންފި އެވެ.
ގިނަ އަދަދަކަށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހަރަކާތްތެރިވާ ކަމަށް ފާހަގަކުރެވިފައިވާ، ހާބަރު ފުޑް ކޯޓަށް އިމިގްރޭޝަނުން ރެއިޑެއް ޖެހީ މިދިޔަ އާދީއްތަ ދުވަހުގެ ރެއެވެ.
އިމިގްރޭޝަނުން ބުނީ، އެ އޮޕަރޭޝަނުގެ ތެރެއިން ޖުމުލަ 88 ބިދޭސީއަކު ބަލައި ފާސްކުރި ކަމަށެވެ.

