މާލޭގައި ހުންނަ ގެސްޓްހައުސްއެއްގެ ތެރޭ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުން މިރޭ ބުނީ މާފަނުންނުގައި ހުންނަ ގެސްޓްހައުސްއެއްގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓެއް މިއަދު ހަވީރު 5:51 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މަރުވެފައި އޮއްވައި ފެނިފައިވަނީ ހއ. މޮޅަދޫ/ އޯސަނިކްވިލާ، އިބްރާހީމް ނައީމް (45އ) އެވެ.
އެކަމުގެ އިތުރު ތަފުސީލެއް ފުލުހުން ނުދިން ނަމަވެސް ބުނީ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.


