ޕީއެންސީގެ ރިޔާސީ ޓިކެޓު ރައީސް މުއިއްޒަށް އަރުވައިފި

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ޓިކެޓް، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މިރޭ އަރުވަައިފި އެވެ.

ރައީސް މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް އެރުވީ އެ ޕާޓީގެ ކޮންގްރެސް ނިންމުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ޓިކެޓު ދޭން ކޮންގްރެސްއަށް ހުށަހެޅުނު ގަރާރު ފާސްކޮށްފައިވަނީ ސެޕްޓެމްބަރު 17 ވަނަ ދުވަހު ބޭއްވި މަތީ މަޖިލީހުގެ ހާއްސަ ދަންފަޅީގައި ބައިވެރިވި 1119 މެންބަރުންގެ އިއްތިފާގުންނެވެ.