ރާމާމަކުނެއް ހަމަލާދީ ކޮއްޕާލުމުގެ ސަބަބުން 91 އަހަރުގެ މީހަކު މަރުވެއްޖެ

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުގައި ރާމާމަކުނެއް ހަމަލާދިނުމުގެ ސަބަބުން 91 އަހަރުގެ އަންހެނަކު މަރުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ އޭނާ ގޭގެ ބޭރުގައި ހުއްޓައި، ރާމާމަކުނު އައިސް އޭނާއަށް ހަމަލާދީ ކޮއްޕާލުމުންނެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުން އެ ހާދިސާގައި ރާމާމަކުނު ކޮއްޕާލުމުގެ ސަބަބުން އަންހެން މީހާ ބިންމައްޗަށް ވެއްޓެ އެވެ. އަދި އެ ވަގުތު އޭނާއަށް އެހީތެރިވާން ނުކުންނަ މީހަކަށްވެސް ރާމާމަކުނު ހަމަލާދޭތަންވެސް ފެނެ އެވެ.

އެ އަންހެން މީހާއަށް ފަރުވާ ދިނުމަށްޓަކައި ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރާމާމަކުނު ހަމަލާދޭން މެދުވެރިވި ސަބަބުތައް މިހާރު ދަނީ ބަލައި ތަހުގީގު ކުރަމުންނެވެ.