ތިން އަހަރުގެ ކުޑަކުއްޖަކަށް ތަކުރާރުކޮށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ މައްސަލައިގައި ޖަލަށްލާން ހުކުމްކޮށްފައިވަނީ ހއ. ހޯރަފުށީ/ ހުދުހުދާގެ, މުހައްމަދު ނާއިޝް އާދަމް އެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.
އެ ދައުވާ ކުރީ, ނާއިޝް, ޖޫން 2025 އިން ފެށިގެން އެކި ދުވަސްމަތިން ތިން އަހަރުގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގާފައިވުމެވެ.
އެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމް އިއްވީ 26 އޮކްޓޫބަރު 2026 ގައެވެ.
ނަމަވެސް ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަންޖެހޭ އަދަބަކީ 18 އަހަރާއި ހަތް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ.


