ޓީޗަރުންނާ ދޭތެރޭގައި ބޭއިންސާފުން ކަންކަން ކުރުމުގެ ސަގާފަތް މިހާރު އެޑިއުކޭޝަން މިނިސްޓްރީގައި ނޯންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ ’އަހާ‘ ފޯރަމްގައި ޝަފީއު ވިދާޅުވީ, މި ވެރިކަން އައި އިރު, ސަތޭކައަށްވުރެ ގިނަ ޓީޗަރުންގެ ފަރާތުން އިންޒާރު ދިނުމާއި ސަސްޕެންޝަންގެ ބިރު ދައްކާފައިވާކަމުގެ އެތައް ޝަކުވާއެއް ލިބުނު ކަމަށެވެ.
ނަމަވެސް މި ސަރުކާރުގައި ސަރުކާރަށް ފާޑުކީ ނަމަވެސް އެއްވެސް ޓީޗަރަކަށް ފިޔަވަޅެއް އަޅާފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
”ކުރީގެ އޮތް ގޮތަކަށް އަޅުގަނޑުމެންގެ ސަރުކާރުގައި އާންމު ރައްޔިތުންނާ ދޭންތެރޭގައި މި ގެންގުޅެނީ އޯގާތެރިކަން، ކުލުނުވެރިކަން، ބިރުދެއްކުމާއި ޓީޗަރުންނާ ދޭންތެރޭގައި ބޭއިންސާފުކޮށް ކަންކަން ކުރުމުގެ ކަލްޗާ މިހާރު އެޑިއުކޭޝަން މިނިސްޓްރީގައި ނޯންނާނެ. އެހެންވީމާ، އެފަދަ ޕޮޒިޓިވް އެންވަޔަރަންމެންޓެއް ގާއިމުކުރެވިގެން އިރާދަކުރެއްވިއްޔާ ހެޔޮ ނަތީޖާ ނުކުންނާނީ,“ ޝަފީއު ވިދާޅުވި އެވެ.


