A
10 ޖޫން 2024 17:151 މިނިޓުގެ ކިޔުން
Aa

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އަހަރީ އާންމު ޖަލްސާއަށް ރިކޯޑު ނެގުން މިމަހުގެ 26 ގައި އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯއިން އިއްޔެ ބުނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް އަދި މިދިޔަ އަހަރުގެ ޑިވިޑެންޓް ބެހުމަށް ރެކޯޑް ނަގާ ތަރީހަކީ މިމަހު 26 ކަމަށެވެ.

އެހެންވެ އެކަން އާންމުކޮށް ހިއްސާދާރުންގެ މައުލޫމާތަށްޓަކައި އަންގާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ވަނީ މިމަހުގެ އަށްވަނަ ދުވަހު އެ ކުންފުނީގެ ހިއްސާދާރުންނާއެކު ނުރަސްމީ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.

އެ ބައްދަލުވުމުގައި އަހަރީ ރިޕޯޓް ޕަބްލިޝްކުރުމަށާއި އަހަރީ އާންމު ޖަލްސާއަށް ވަމުން އަންނަ ތައްޔާރީތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ. އަދި ކުންފުނީގެ ސްޓްރެޓީޖިކް ކަންކަމާމެދު ހިއްސާދާރުންނާއި މަޝަވަރާކޮށް، ހިއްސާދާރުންނަށް ވަނީ ހިޔާލު ފާޅުކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ