މާލެ ސިޓީގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

ގ
2 ޖުލައި 2025 14:10އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މާލޭ ސިޓީގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓްގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

މިކަން ހާމަކޮށް ސްޓެލްކޯއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާގޮތުގައި އެކުންފުނިން މާލޭ ސިޓީގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރަމުގެ މަސައްކަތް ކުރަމުން އަންނާތީ، މާދަމާ މެންދުރުފަހު 14:00 އިން ފެށިގެން 16:00 އާއި ހަމައަށް، މާލެ ސިޓީގެ ހަނދުވަރީ ހިނގުން ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށެވެ.

ސްޓެލްކޯއިން އަންނަނީ ފިޔަވަހިތަކަކަށް ބަހާލައިގެން މާލޭ ސަރަހައްދުގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރަމުންކަން ފާހަގަކޮށްލަން ޖެހެއެވެ.

ސްޓެލްކޯ އިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް ވެސް އެދިފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.