ހުސްވި ޑިސެމްބަރު މަހުގެ ތެރޭގައި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފު ކުރެއްވި ރަސްމީ ތިން ދަތުރުފުޅަށް ޖުމުލަ 3.8 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ނައިބް ރައީސް ހުސެއިން، އެ ތިން ދަތުރު ކުރައްވާފައިވަނީ ޖުމުލަ 24 ދުވަހުގެ ތެރޭގަ އެވެ. ދަތުރުތަކުގައި އެ މަނިކުފާނު ރާއްޖޭން ބޭރުގައި ހޭދަކުރެއްވީ 16 ދުވަހެވެ.
އެގޮތުން ފުރަތަމަ ދަތުރުގައި ވަޑައިގެންނެވީ ޗައިނާ އަށެވެ. އެ ދަތުރަށްފަހު ރާއްޖެ ވަޑައިނުގެން ނައިބް ރައީސް ވަޑައިގަތީ ޖެނީވާ އަށެވެ. އެއަށްފަހު އެނބުރި ރާއްޖެ ވަޑައިގެން، 10 ދުވަސް ފަހުން ދެން ވަޑައިގެންނެވީ މޮންޓަނޭގްރޯ އަށެވެ.
ތިން ދަތުރަށް ދައުލަތުގެ ބަޖެޓުން ކުރި ހަރަދު:
- ޗައިނާ ދަތުރަށް: 180،735.90ރ.
- ޖެނީވާ ދަތުރަށް: 595،779.14ރ.
- މޮންޓެނިގްރޯ ދަތުރަށް: 589،736.65ރ.
މި ތިން ދަތުރަށް ނައިބް ރައީސް ހުސެއިންގެ ޓިކެޓަށް އެކަނި 452,299ރ. ހަރަދުކޮށްފައިވާއިރު، ޕޮކެޓް މަނީއަށް 33,591ރ. ހަރަދުކޮށްފައިވެ އެވެ.




ގުޅުންހުރި
އަގު ވެއްޓޭ ކަމަށްބުނެ ވިޒިޓް މޯލްޑިވްސް އެމްބެސެޑަރުކަމުން ”ޓޫއޮފްއަސް“ ސަސްޕެންޑުކޮށްފި
މިހާތަނަށް 35،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ސުޖާތާ އިސްތިއުފާ ދެއްވައިފި
ރައީސްގެ މޭޔަރާއި ކައުންސިލް ހޮވީމައި މެނިފެސްޓޯގައިވާ ހުރިހާ ކަމެއް ޝައްކެއް ނެތި
ކުޑަކުއްޖަކު ލައްވައި މަސްތުވާތަކެތި އުފުލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ސަރުކާރު މުވައްޒަފުންނަށް މިމަހުގެ 12 ގައި ރޯދަ އިނާޔަތް ދެނީ