އެމެރިކާ އާއި އިނގިރޭސިވިލާތް ގުޅިގެން ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ބޭނުންކުރާ ޔަމަނުގެ ގިނަ އަމާޒުތަކަކަށް ހަމަލާތައް ދޭން ފަށައިފިއެވެ. ކަށަވަރުކޮށްދީފައެވެ.
ހަމަލާތައް ދޭން ފަށައިފައިވަނީ ރަތް ކަނޑުން ޔަހޫދީންގެ ރަށްތަކަށް ދަތުކުރާ މުދާއުފުލާ ބޯޓުތަކަށް ހޫތީ ހަގުރާމަވެރިން ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ އިސް އޮފިޝަލުން މީގެކުރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ މެދުއިރުމަތީގެ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެގެން ދާތަން ދެކެން ރައީސް ޖޯ ބައިޑަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން މި އެންމެފަހުން ދެއްވި މައިގަނޑު މެސެޖަކީ އެއީ އެވެ. ހަގުރާމަ ފެށުނުފަހުން އޭނާ މެދުއިރުމަށްޗަށް ކުރެއްވި ހަތަރުވަނަ ދަތުރުފުޅަކީ އިސްރާއީލުން ލުބްނާނަށް ދިން ހަމަލާތަކާއި ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ރަތް ކަނޑުގެ އުޅަނދުތަކަށް ދިން ހަމަލާތަކާއި ގުޅިގެންނެވެ.
ތަޖުރިބާކާރުންނާއި ވިދާޅުވާގޮތުގައި އެމެރިކާއާއި އިގިރޭސި ވިލާތުން ގުޅިގެން ފަށާފައިވާ މި ހަމަލާތަކަކީ ބައިޑަންގެ ސަރުކާރުން ކަނޑައަޅާފައިވާ ހަރުކަށި ފިކުރު ގެއްލުވާލުމުގެ ލަނޑުދަނޑިތަކާ ކުރިމަތިލާ ހަމަލާތަކެއް ކަމަށާ، ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް އެއްވެސް ހައްލެއް ނުލިބޭ ކަމަށެވެ.
ވޮޝިންޓަން ޑީސީގެ ކުއޭކަރ އެޑްވޮކޭސީ ގްރޫޕެއް ކަމަށްވާ ފްރެންޑްސް ކޮމިޓީ އޮން ނޭޝަނަލް ލެޖިސްލޭޝަންގެ މެދުއިރުމަތީގެ ޕޮލިސީގެ ލެޖިސްލޭޓިވް ޑިރެކްޓަރހަސަން އެލް-ތައިބް ވިދާޅުވި ގޮތުގައި މިއީ އެމެރިކާ ސަރުކާރުން ދައްކަމުން އަންނަ ވާހަކަތަކާ ހިލާފަށް ހިނގަމުންދާ ކަމެކެވެ.




ގުޅުންހުރި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ނުވިސްނަން: ޓްރަމްޕް
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ހަމަލާތަކަކަށްފަހު އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ހައްޔަރުކޮށްގެން ގެންގޮސްފި