ސަރުކާރު ހިންގާ މައި ދެ ޕާޓީ، ޕީޕީއެމް/ ޕީއެންސީގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފި އެވެ.
މިއަދު ހެނދުނު 10:00 ގައި ޕްރައިމަރީގެ ވޯޓުލުން ފަށާފައިވާއިރު ޕްރައިމަރީގައި 73 ދާއިރާއެއްގެ ޓިކެޓަށް 283 މީހަކު ވާދަކުރެ އެވެ. ވޯޓުލުން މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެ އެވެ.
ޕްރައިމަރީގައި 227 ވޯޓު ފޮށި ބަހައްޓާފައިވާއިރު، މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ހަ ތަނެއްގައެވެ. އޭގެ އިތުރުން، އަތޮޅުތެރޭގެ މީހުން ވޯޓު ލުމަށް ވޯޓު ވޮށިތައް ބަހައްޓާފައި ވަނީ ހެންވޭރު ދަނޑުގަ އެވެ.
މިއަދު ބާއްވާ ޕްރައިމަރީގައި 71،597 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ ކަމަށް ޕީޕީއެމް/ ޕީއެންސީން ބުނި ނަމަވެސް ޕާޓީގެ ދަފްތަރުން މީހުން އުނިކޮށްފައިވާ ކަމަށް ޕްރައިމަރީގައި ވާދަކުރައްވާ ބައެއް ބޭފުޅުން ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ.

ގުޅުންހުރި
ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމުން ދާއޫދު ވަކިކޮށްފި
ބްރޯޑްކޮމް އަށް ޒަމްއަތު އައްޔަންކޮށްފި
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރީ ރަނގަޅަށް: ސުޕްރީމް ކޯޓު
މި އަހަރު ރާއްޖެ އިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ
އެމްޑީޕީއަށް 5 ފަނި ވާނީ ފޮނުވާފައި، ލޯކަލް އިންތިހާބު އެމްޑީޕީއަށް ގެއްލުވާލާނަން:
ދާއޫދު ތަހުގީގަށް ދިނީ ދޮގު ބަޔާނެއް، އިހުސާނަށް ވެސް ގުޅި: ރިޔާސީ