ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.
ހަތަރު ވަޒީރަކަށް ރުހުން ނުދޭން ޑިމޮކްރެޓްސް އިން ފާސް ކުރީ އެ ޕާޓީން ބޭއްވި ޕާލަމެންޓަރީ ގްރޫޕުގެ ބައްދަލުވުމެއްގަ އެވެ.
ޑިމޮކްރެޓްސްގެ އިތުރުން އިދިކޮޅު އެމްޑީޕީން ވެސް ދަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން މަޝްވަރާ ކުރަމުންނެވެ.
ދެ ޕާޓީން އެގޮތަށް ނިންމި އިރު، ދައުރުން ބޭރުން މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ. އެ މައްސަލައަށް ވޯޓަށް އަހަން ނިންމާފައިވަނީ 1:30 ގަ އެވެ.

ގުޅުންހުރި
ރައީސް، ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވައިފި
އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ބަލަނީ
ނުރައްކާތެރި މެނިންގޯކޮކަލް ބަލި ފެނުނުކަން އެޗްޕީއޭ އިން ބުނީ، ބަލީގައި ޒުވާނަކު
ނުރައްކާތެރި އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް އަނެއްކާވެސް ފެނިއްޖެ
އަންނަ ހޯމަ އިން ފެށިގެން ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެ، އުދައިގެ އަސަރުކުރުން
ރާއްޖޭގެ ވޯޓާއެކު އައިއެލްއޯގެ އޮބްޒަވާ ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގެންފި