ދިވެހި މަސް ދޯނިތަކަށް އެރި އިންޑިއާގެ ސިފައިން ހަރަކާތްތެރިވަމުންދިޔަ ވީޑިއޯއެއް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު އާންމުކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހު އިންޑިއާގެ ސިފައިން އެރީ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށެވެ. ދޯނިތަކަށް އެރީ ކޮން ގައުމެއްގެ ކޮން ބައެއްކަން ޔަގީންނުވާ ކަމަށް ދިވެހި ކޯސްޓް ގާޑުން ބުނި ނަމަވެސް މިއަދު އާންމުކޮށްފައިވާ 16 ސިކުންތުގެ އެ ވީޑިއޯ އިން ފެންނަ ގޮތުގައި ދޯނިތަކަށް އަރައިގެން ހަރަކާތްތެރިވީ އިންޑިއާ ކޯސްޓްގާޑުގެ ސިފައިންނެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަނީ އިންޑިއާ ސިފައިން އެރި ދޯންޏެއްގައި ހުރި ދިވެއްސަކު ނަގާފައިވާ ވީޑިއޯއެކެވެ. އެއީ ކޮން ދޯންޏެއް ކަމެއް ނޭނގެއެވެ. ނަމަވެސް ވީޑިއޯ ކުރި މީހާ ފިޔަވައި، އެ ދޯނީގެ ހުރިހާ ފަޅުވެރިން ތިބީ ދޯނީގެ ފަހަތަށް ގެންގޮސްފަ އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި، އެ ދޯންޏަށް އަރާ އުޅުނީ ތިން މީހެކެވެ. އޭގެ ތެރެއިން އެކަކު ހުރީ ހެލްމެޓް އަޅައިގެން ހަތިޔާރާއެކު އެވެ. އޭނާގެ ޔުނީފޯމުގައި ހަރުކޮށްފައިވާ ބެޖުން އެނގޭ ގޮތުގައި އޭނާއަކީ އިންޑިއަން ކޯސްޓްގާޑުގެ ރާޑާ ޕްލޮޓާ އެކެވެ. އެއީ އެހެން އުޅަނދުތަކުގެ ހަރަކާތްތައް ބެލުމުގެ ޒިންމާ ހަވާލުވެ ހުންނަ މީހާއެވެ.
އޭނާއާ ޖެހިގެން ހުރީ ކޯސްޓްގާޑު މަނަވަރުތަކުގެ ހުރިހާ ހަތިޔާރަކާއި ހަތިޔާރު ސިސްޓަމް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައި ހުންނަ ގަނާއެކެވެ.
ވީޑިއޯ އިން ފެންނަ ގޮތުން އިންޑިއާ ސިފައިން އެރި ތިން މަސްދޯނިވެސް އޮތީ ކައިރި ކައިރީގަ އެވެ. އަދި އެ ދޯނިތައް ކައިރީގައި އިންޑިއާ ކޯސްޓްގާޑުގެ ދެ މަނަވަރެއް ހަރަކާތްތެރިވަމުން ދިޔަ އެވެ.
31 ޖަނަވަރީ ވީ ބުދަދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް އަސުރުމާ3، ނިރު7 އަދި މާހޯރަ3 ދޯންޏަށް އިންޑިއާ ސިފައިން އަރައިގެން ހަރަކާތްތެރި ވަމުންދާ މަންޒަރު! @MNDF_Official @MFORmv pic.twitter.com/enBMU0jRxq
— Bodu Kanneli Masveringe union- BKMU (@FishermensUnion) February 2, 2024
އިތުރު ތަފުސީލު އަންނަނީ …

ގުޅުންހުރި
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް
ދިޝާގެ ގެއަށް ބަޑި ޖެހި މީހުންނަށް ގައްޑާމީއެއް ނުވެވުނު، ފުލުހުންގެ އަތްދަށުވެ
ނޭޝަނަލް ސާވިސްގެ ފުރަތަމަ ބެޗުގައި ހިމެނޭ 340 ޒުވާނުން ތަމްރީނަށް ފުރައިފި
އަތޮޅު ކައުންސިލްތައް އުވާލާ ވާހަކައަކީ ދޮގެއް: ރައީސް
އެއާޕޯޓަގައި ގަވާއިދާ ހިލާފަށް ޑޮލަރުތަކެއް މާރުކުރަން އުޅެނިކޮށް މީހަކު ހައްޔަރުކޮށްފި
ޕާސްޕޯޓް ކާޑުގެ ހިދުމަތް މެދުކަނޑާލައިފި