ފެނަކަ ކޯޕްރޭޝަން ލިމިޓެޑުގެ ޓެކްނިކަލް މުވައްޒަފުން އިތުރަށް ތަމްރީނުކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ފެނަކަ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސައިން ޒުހުރީ އެވެ. ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޒޫޝާން ކަމާލުއްދީނެވެ.
ރަސްމިއްޔާތުގައި ޒުހުރީ ވިދާޅުވީ ފެނަކައިގައި ތިބި 6900 މުވައްޒަފުންގެ ތެރެއިން 2799 މުވައްޒަފުންނަކީ ޓެކްނިކަލް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ. އަދި 20 ޕަސެންޓް މީހުންނަކީ ސީ3 ލެވެލް ފެންވަރުގެ މުވައްޒަފުން ނަމަވެސް އެކަން ޔަގީންކޮށްދޭނެ ސެޓްފިކެޓެއް އެ މުވައްޒަފުންގެ އަތުގައި ނެތް ކަަމަށެވެ.
ފެނަކައިން ބުނީ، ޕޮލިޓެކްނިކާއެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ތަމްރީން ކުރުމާއި ފެނާއި ނަރުދަމާގެ ގާނޫނާއި ކަރަންޓް އުފައްދައި ފޯރުކޮށްދިނުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ގަވާއިދަށް އެ ކުންފުނީގެ ޓެކްނިކަލް މުވައްޒަފުން ތަމްރީނު ކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން ޕޮލިޓެކްނިކްގެ ދަސްވާރުންނަށް ”އިންޑަސްޓިރިއަލް އެކްސްޕީރިއެންސް“ ހޯދައިދެވޭނެ ކަމަށް ބުންޏެވެ.




ގުޅުންހުރި
ޝަމްއާނަށް ގާޒީގެ އިންޒާރު: ހެޑްލައިން ހެދުމަށް ފުރުސަތެއް ނުދޭނަން!
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން: