ސިއްހީ ނިޒާމު ބައްޓަންކުރާނީ ޑޮކްޓަރު އެޕޮއިންޓްމަންޓް ހެއްދުމަށް އިންތިޒާރުކުރަން ނުޖެހޭ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ
ރައީސް އެހެން ވިދާޅުވީ، ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ ”ރައީސްގެ ޖަވާބު“ ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސްއާ ސުވާލުކުރި މީހާ ވަނީ ޑޮކްޓަރު އެޕޮއިންޓްމަންޓް ނުލިބުމުން ލިބޭ ތަކުލީފުތަކާއި ޑޮކްޓަރުން ގަޑިއަށް ހާޒިރު ނުވާ މައްސަލަ ފާހަގަކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ ސިއްހީ ނިޒާމު ވަރުގަދަކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށާއި ރާއްޖޭގައި ތިބި ސްޕެޝަލިސްޓުން ގިނަ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
”އޭގެ އިތުރަށް ބޭރުން ވެސް ރާއްޖޭގައި ސްޕެޝަލިސްޓުން ނެތް ދާއިރާތަކަށް މީހުން ހޯދުން ވެސް އެއީ މިހާރު ފަށާފައިވާ މަސައްކަތެއް. އެހެންވީމާ ސްޕެޝަލިސްޓުން ގިނަ ކުރެވޭ ވަރަކަށް މަޑުކުރަންޖެހޭ ވަގުތުވެސް ކުޑަވާނެ. ދެން ދެވަނަ ކަމަކަށް މިހާރު ކުރެވޭ ކަމަކީ އެޕޮއިންޓްމަންޓް ހަދާއިރުގައި އެޕޮއިންޓްމަންޓް ލިބޭ ދުވަސްވަރަށް ޔަގީންކަމާ އެކީގައި ހަމަޖެހިގެންދާ ގޮތަށް އިރާދަކުރެއްވިއްޔާ ނިޒާމު ބައްޓަން ކުރަމުން މިދަނީ،“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެޕޮއިންޓްމަންޓާ އެކީގައި ސީދާ ދުވަސް ލިބި، އިތުރަށް އިންތިޒާރުކުރަން ނުޖެހޭ ގޮތަށް ނިޒާމު ބައްޓަން ކުރެވިގެންދާނެ ކަމަށާއި އޭރުން ރަށްރަށުން އަންނައިރުވެސް ރައްޔިތުން އިންތިޒާރު ކުރަންޖެހޭ ގޮތެއް ނުވާނެ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ވީހާވެސް ގިނަ ވަގުތު ޑޮކްޓަރުން ހިދުމަތް ދޭން މަޑުކުރާ ގޮތަށް ބައްޓަން ކުރުން ފަދަ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
އެމްޑީޕީގެ މާލޭގެ މޭޔަރު ޓިކެޓު އާދަމް އާޒިމް ކާމިޔާބުކުރައްވައިފި
ސާފް ފުޓްސަލް މުބާރާތް: ބޮޑު ތަފާތަކުން ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އެއްވަނައަށް
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ