މާލެ ސަރަހައްދުގެ މަގުތައް ތޮންޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފަށައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުން އަދި މާލެ ސިޓީ ކައުންސިލް ގުޅިގެ ކުރިއަށް ގެންދާ އެ ޕްރޮގްރާމް ފެށުމަށްޓަކައި މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕްރޮގްރާމް އިފުތިތާހުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބައެއްގެ ގޮތުގައި މާލޭގެ އެކި ހިސާބުތަކުގައި ޕާކުކޮށްފައި ހުރި ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ނައްތާލާނެއެވެ. އަދި އަމިއްލައަށް އެދިގެން އުޅަނދުތައް ނައްތާލަން ބޭނުންވާ މީހުނަށް އެ ފުރުސަތުވެސް ވަނީ ހުޅުވާލައިފަ އެވެ.
ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވުމަށްފަހު އަމީން ވިދާޅުވީ އެއްގަމު އުޅަނދުގެ ސަބަބުން މަގުތައް ތޮއްޖެހުމުގެ މައްސަލައަކީ ގިނަ ދުވަސްވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެ ޕްރޮގްރާމާއެކު ވެހިކަލް ތޮއްޖެހުމުގެ މައްސަލައަށް ލުޔެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރަސްމިއްުޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ވެހިކަލް މަގުތަކުގައި ޕާކުކޮށްފައި ހުންނަ ކަމަށާއި އެފަދަ ވެހިކަލްތަކާ މެދު އަމަލުކުރާނެ ގޮތެއް ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ.




ގުޅުންހުރި
މިހާތަނަށް 35،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ސުޖާތާ އިސްތިއުފާ ދެއްވައިފި
ރައީސްގެ މޭޔަރާއި ކައުންސިލް ހޮވީމައި މެނިފެސްޓޯގައިވާ ހުރިހާ ކަމެއް ޝައްކެއް ނެތި
ކުޑަކުއްޖަކު ލައްވައި މަސްތުވާތަކެތި އުފުލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ސަރުކާރު މުވައްޒަފުންނަށް މިމަހުގެ 12 ގައި ރޯދަ އިނާޔަތް ދެނީ
2.4 ބިލިއަން ރުފިޔާގެ ބޮންޑުން ބޭރު ފައިސާގެ ރިޒާވެއް އުފެދޭނެ: ޕެންޝަން