އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ހުސައިން އިސްމާއީލް އެ މަގާމުން ވަކި ކުރައްވައިފި އެވެ.
މަގާމުން ވަކި ކުރައްވާފައިވާކަން ހުސައިންގެ އިތުރުން މިނިސްޓަރު ޑރ. އާއިޝަތު ރަމީލާވެސް ކަށަވަރު ކޮށްދެއްވަ އެވެ. ނަމަވެސް މަގާމުން ވަކި ކުރެއްވި ވަކި ސަބަބެއް ވިދާޅެއް ނުވެ އެވެ.
ސަރުކާރު ކޯލިޝަންގައި އޮތް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނާއިބު ރައީސްގެ މަގާމުގައިވެސް ހުންނެވި ހުސައިން އިސްމާއީލް ކުއްލި ގޮތަަކަށް މަގާމުން ވަކި ކުރެއްވި ސަބަބެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުން ހުސެއިން އިސްމާއިލް ވަކި ކުރެއްވުމުން އެ މިނިސްޓްރީގައި މިހާރު ތިއްބަވާނީ ދެ ސްޓޭޓް މިނިސްޓަރުންނެވެ. އެއީ މަރިޔަމް ވިޝާމާ އަހުމަދާއި އަހުމަދު ހަސަން ދީދި އެވެ.



