އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ކޮބައިކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން އެ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގެ ތަރުޖަމާނު ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ އެއް ދާއިރާއަކުން ސަރުކާރު ކެންޑިޑޭޓު ކަމަށް ބުނާ އެތައް ކެންޑިޑޭޓަކު ވާދަކުރައްވާ މަންޒަރު ފެންނަމުންދާ ކަމަށެވެ.
”އަޅުގަނޑުމެންނަށް ކިހިނެތް ޔަގީން ކުރެވޭނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަކީ ސަރުކާރު ކެންޑިޑޭޓަކީ ކޮބައިކަން، ރައީސުލްޖުމްހޫރިއްޔާއަށްވެސް ސަރުކާރު ކެންޑިޑޭޓު ވަކިވާހެނެއް އަޅުގަނޑުމެންނަކަށް ހިއެއް ނުވޭ،“ އީސާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މަޖިލީހަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކީ ކޮބައިކަން ސާފު ނުވެގެން އާންމުންގެ މީހަކު ރައީސްއާ އެ ސުވާލު ކުރެއްވުމުން، ރައީސަށް ޖަވާބު ނުދެއްވުނު ކަމަށެވެ. ސަރުކާރު ކެންޑިޑޭޓަކު ކަމަށް ބުނެ ދާއިރާއަކުން ފަސް ވަރަކަށް ކެންޑިޑޭޓުން، ރައީސްގެ ފޮޓޯފުޅާއެކު ނުކުމެ އެބަ ތިބި ކަމަށްވެސް ވިދާޅުވިއެވެ.
ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓަށް ސަރުކާރުން ތާއިދު ކުރުމުގެ ބަދަލުގައި އެހެން ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ތާއީދުކުރައްވާ ކަމަށް، ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓުން ވަނީ މީގެ ކުރިން ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެ ތުހުމަތުތައް ޕީއެންސީން ނުވަތަ ސަރުކާރުން ޖަވާބެއްދީފައެއް ނުވެ އެވެ.
ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓުންގެ ތެރޭގައި ޕީޕީއެމުން ވަކިވެވަޑައިގެން ޕީޕަލް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ކެންޑިޑޭޓުން ތިއްބެވި ކަމަށް އީސަ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
ގުޅުންހުރި
ފެންނަނީ ޑިމޮކްރަސީގެ ހަމަތަކާ ދުރަށްދާ މަންޒަރު: ޝާހިދު
ރައީސް ގެންދަނީ ހުދުމުހުތާރު ނުވެ ވެރިކަން ކުރެވޭނެކަން ސާބިތު ކޮށްދެމުން: ޕީއެންސީ
ގައުމީ މައްސަލަތަކަށް ތެދުބަހުން ވާހަކަދެއްކެމުގައި ރައީސް ގެންދަނީ ނަމޫނާ ދައްކަމުން: ޕީއެންސީ
ރާއްޖޭގެ ސުކޫކް ޑިފޯލްޓްވުމުން ސަލާމަތްކޮށްދޭނަން: އިންޑިއާގެ އޮފިޝަލުން
ޗައިނާ އިން އެތެރެކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭ ގޮތް
އަވައްޓެރި ޤައުމުތަކަށް އަބަދުވެސް އިހުތިރާމް ކުރާނަން، ސިޔާސީކޮށް ވާހަކަ ފެތުރުން ހުއްޓާލަންޖެހޭ: