ޖުލައި 6, 2024

ޗަމްޕާ ބްރަދާސް އިން ހަދިިޔާކުރި ކާއްޓާއި ކަރާ އަދި ފިޔާ މިރޭ ބަހަން ފަށަނީ

ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި، ޗަމްޕާ ބްރަދާސް އިން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ކާއްޓާއި ކަރާ އަދި ފިޔާ މިރޭ ބަހަން ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ޗަމްޕާ ބްރަދާސް އިން ވަނީ މިދިޔަ އަހަރުވެސް ރާއްޖޭގެ ރައްޔިތުންނަށް 25،000 ކާށި ބަހައިފައެވެ. ނަމަވެސް މި އަހަރު ބަހަން ހަދިޔާކުރީ ކިހާ އަދަދެއްގެ އެއްޗެހި ކަމެއް އަދި އައިޑީކާޑަކަށް ލިބޭނީ ކިހާ އެއްޗިއްސެއް ކަމެއް އަދި ނޭނގެ އެވެ.

މާލެ ސިޓީ ކައުންސިލުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާކުރި އެއްޗެހި ބަހަން ފަށާނީ މިރެ އިން ފެށިގެން ކޮންމެ ދުވަހެއްގެ ރޭގަނޑު 9 އިން 12 އަށް ކަމަށެވެ. ތަކެތި ދޫކުރާނީ ބަލާ ދާ މީހާގެ އައިޑީކާޑު ދެއްކުމުން ކަމަށާއި ތަކެތި ދޫކުރާނީ އެންމެ ފުރަތަމަ ދާ މީހުންނަށް އިސްކަންދޭ އުސޫލުން ކަމަށްވެސް ބުންޏެވެ.

ތަކެތި ބަހާ ތަންތަން:

  • ހުޅުމާލޭ: އުމަރު ޒާހިރު ބިލްޑިން
  • މާލެ: އާންމު ހިދުމަތްތަކާ ބެހޭ ބައި