ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާހިލާފަށް މަސްވެރިކަން ކުރި ސްރީ ލަންކާގެ ބޯޓެއް ދިވެހި ދައުލަތަށް ނެގުމަށް ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ހުކުމްކޮށްފިއެވެ.
އެމްއެންޑީއެފުން ސްރީ ލަންކާގެ އެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަނެފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.
އެ ބޯޓުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާހިލާފަށް މަސްވެރިކަން ކުރުމުން، ދިވެހި ސަރުކާރުގެ ފަރާތުން ވަނީ އެ ބޯޓުގެ ވެރިފަރާތް 700،000 ރުފިޔާއިން ޖޫރިމާނާކޮށްދިނުމަށާއި ބޯޓު ދިވެހި ދައުލަތަށް ނަގައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.
ސިވިލް ކޯޓުން އެ މައްސަލައިގައިކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ ދިވެހި ދައުލަތުން އެދުނު ގޮތަށް އެެ ބޯޓުގެ ވެރިފަރާތް 700،00 ރުފިޔާއިން ޖޫރިމާނާކޮށް، އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމްކޮށް އަދި އެ ބޯޓާއި ބޯޓުގެ ހުރިހާ ވަސީލަތްތަކެއް ދިވެހި ދައުލަތަށް ނެގުމަށް ހުކުމްކުރާ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާހިލާފަށް ވަދެ އިންޑިއާ އަދި ސްރީ ލަންކާގެ ބޯޓުތައް އާންމުގޮތެއްގައި މަސްވެރިކަންކުރެއެވެ. އަދި އެފަދަ ބޯޓުތައް އެމްއެންޑީއެފުން އަތުލައިގަނައެވެ.




ގުޅުންހުރި
ޓެލެތޯނުން ލިބުނު އަށް ލައްކަ ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފި
އަޝްފާގު އެއް މިލިއަން ރުފިޔާ ދައްކައިފި، ބާކީ ހަތަރު ލައްކަ ދައްކަން
ދިވެހި ސަރުކާރުން ދޭ 50،000 ޑޮލަރު، ލަންކާ ސަރުކާރާ ހަވާލުކޮށްފި
”ސިލޯނާއެކު ދިވެހިން“: 29 ގަޑިއިރު ތެރޭ 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ!
”ސިލޯނާއެކު ދިވެހިން“ ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ
”ސިލޯނާއެކު ދިވެހިން“ ފަންޑަށް ސްޓެލްކޯއިން 250،000 ރުފިޔާ