ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމުގެ ރެކޯޑް އޮވެގެން ފުލުހުން އިއްޔެ ނަސޭހަތް ދިން މީހުންގެ ތެރޭގައި ގަޑިއަކު 106 ކިލޯމީޓަރަށް ވެހިކަލް ދުއްވުމުގެ ރެކޯޑް އޮންނަ މީހަކު ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.
އުމުރުން 20 އަހަރުގެ އެ މީހާއަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި, ނުރައްކާތެރިކޮށް ވެހިކަލް ދުއްވުން ތަކުރާރުކުރާ މީހުން ހުއްޓުވުމަށް ފުލުހުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ދަށުން އިއްޔެ ނަސޭހަތް ދިން ހަތަރު މީހުންގެ ތެރެއިން އެކަކެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އޭނާގެ އަށް ރެކޯޑެއް އެބަ އޮތެވެ.
- ގަޑިއަކު 106 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވުން
- އަހަރީ ފީ ހަމަވެފައިވަނިކޮށް ދުއްވުން
- އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި އިންޖީނުލީ އުޅަނދު ދުއްވުމުގެ ހަތަރު މައްސަލަ
- އެއްގޮތަކަށްވެސް ލައިސަންސް ނެތި ދުއްވުން
- ނުރައްކާތެރިކޮށް ދުއްވުން


