އަންނަ މަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ އިބްރާހީމް މުހައްމަދު (އިބުޓީ)ގެ ކެމްޕެއިނަށް ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދޮރުން ދޮރަށް މިއަދު ވަޑައިގެންފި އެވެ.
ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެއްވުމަށް ރައީސް ދޮރުން ދޮރަށް ވަޑައިގަންނަންވަން ފެއްޓެވީ އިއްޔެ އެވެ. މިއީ އެ މަނިކުފާނު ބައިވެރިވެވަޑައިގެންނެވި ދެވަނަ ދޮރުން ދޮރަށް ހަރަކާތެވެ.

ރައީސްގެ ދޮރުން ދޮރަށް ހަރަކާތް މިއަދު ފެއްޓެވީ މަޖީދީ މަގު ބަނޫން ސްޕޯޓްސް ކުރިމަތިންނެވެ. އަދި ފަސް ބްލޮކެއްގެ ފަސް ގެއަކަށް ވަޑައިގެންނެވި އިރު، ދޮރުން ދޮރަށް ހަރަކާތް ނިންމަވާލެއްވީ މާލެ ހިޔާ ކައިރިއަށެވެ.
ރައީސް މިއަދު ދޮރުން ދޮރަށް ވަޑައިގެންނެވި އިރު، ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައީސް އޮފީހުގެ ބައެއް ވަޒީރުން އަދި ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރީން އަރިހުގައި ގެތަކަށް ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ރައީސްގެ ހާއްސަ އެޑްވައިޒަރު އަދި ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މާލެ ސިޓީ ކައުންސިލުގައި ގަލޮޅު ދެކުނު ދާއިރާގެ ތަމްސީލު ކުރައްވާ އިބުޓީއަކީ ޕްރައިމަރީއަކާ ނުލައި ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް ޕީއެންސީގެ ޓިކެޓު ލިބިވަޑައިގެންނެވި 13 ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.




ގުޅުންހުރި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!
ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް، ސަމާލުވޭ!
މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެ
އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށަން ކަނޑު އުޅަނދުތައް ނަގަން އަންގައިފި