ޖުލައި 4, 2024

ހުކުރުދުވަހާ މެދު ނަޒަރެއް

ދުވަހެއްގެ މައްޗަށް އިރުއެރި ހުރިހާ ދުވަސްތަކެއްގެ ތެރެއިން އެންމެހެޔޮވެގެންވާ ދުވަހަކީ ހުކުރު ދުވަހެވެ. ސަމާވީ ކޮންމެ ދީނެއްގައި ވެސް ހަފުތާގެއެއް ދުވަސް މުޤައްދަސްވެފައި އޮވެއެވެ. ޔަހޫދީންނަސް އޮތީ ހޮނިހިރުދުވަހެވެ. ނަޞާރާއިންނަށް އާދީއްތަ ދުވަހެއެވެ. މުސްލިމުންގެ މުޤައްދަސްދުވަހަކީ ބަރަކާތްތެރި ހުކުރު ދުވަހެވެ.

ރަސޫލުﷲ صَلَى اللهُ عَلَيْهِ وَسَلَّمޙަދީޘްފުޅު ކުރެއްވިއެވެ. «أَضَلَّ اللَّهُ عَنِ الْجُمُعَةِ مَنْ كَانَ قَبْلَنَا فَكَانَ لِلْيَهُودِ يَوْمُ السَّبْتِ وَكَانَ لِلنَّصَارَى يَوْمُ الأَحَدِ فَجَاءَ اللَّهُ بِنَا فَهَدَانَا اللَّهُ لِيَوْمِ الْجُمُعَةِ فَجَعَلَ الْجُمُعَةَ وَالسَّبْتَ وَالأَحَدَ وَكَذَلِكَ هُمْ تَبَعٌ لَنَا يَوْمَ الْقِيَامَةِ نَحْنُ الآخِرُونَ مِنْ أَهْلِ الدُّنْيَا وَالأَوَّلُونَ يَوْمَ الْقِيَامَةِ الْمَقْضِيُّ لَهُمْ قَبْلَ الْخَلاَئِقِ» (رواه مسلم) މާނައީ: [ ތަޢާލާ ވަނީ މީގެކުރީގެ އުންމަތްތައް ހުކުރުދުވަހުގެމާތްކަމާއި މަތިވެރިކަން ލިބުމުން އެއްކިބާ ކުރައްވައިފައެވެ. ޔަހޫނީންދަށްހޮނިހިރު ދުވަސް ލެއްވިއެވެ. އަދި ނަޞާރާއިންނަށް އާދިއްތަ ދުވަސްލެއްވިއެވެ. ދެން ފަހެ ތަޢާލާ މި އުންމަތުގެ މީހުންނަށް ހުކުރުދުވަހުގެމަތިވެރިކަން ޙާޞިލުވާނޭ މަގަށް މަގު ދެއްކެވިއެވެ. (އަދި އެ އިލާހު)އެދުވަސްތައް ލައްވައިފައި ވަނީ ހުކުރު ހޮނިހިރު އާދީއްތަ މިފަދައިންނެވެ.(އެބަހީ: މި ތަރުތީބުންނެވެ.) ހަމަ މިފަދައިން ޤިޔާމާތްދުވަހުން އެ އުންމަތްތަކުގެ މީހުން އަހުރެމެންނާ ތަބާވެގެން ވާނެތެވެ. އަހުރެމެންނީ ދުނިޔޭގައި ލެއްވި މީސްތަކުން ކުރެ އެންމެ ފަސްވެގެންވާ އެހެނަސްޤިޔާމަތްދުވަހު އެންމެ އިސްވެގެންވާ އުންމަތެވެ. އެހެނީ އެހެން ހުރިހާ ޚަލްޤުތަކުންނަށްވުރެ ޙިސާބުބެއްލެވުމުގައި މިއުންމަތް އިސްވާހުއްޓެވެ.]

ހުކުރު ދުވަހަކީ އިސްލާމީ އުންމަތަށް ނިޢުމަތުން ފުރިގެންވާ ދުވަހެކެވެ. އެ ދުވަހަކީ ދުނިޔަވީ ކަންކަމާ ދުރުވެ ދީނީ ކަންކަމާ ގަތްވުން މޮޅު އިތުރުވެގެންވާ ދުވަހެކެވެ. އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުގައި ވެސް އެއްބަޔަކު މި ނިޢުމަތުގެ ބަރަކާތް ލިބިގަންނައިރު، އަނެއް ބަޔަކަށް އެ ކަމުގެއަސަރެއް ވެސް ނުކުރެއެވެ. ދުވަހުގެ މާތްކަން ނޭނގި ޣާފިލުކަމުގައިތިބެވެނީއެވެ. ހުކުރު ދުވަހުގެ މަތިވެރިކަމާމެދު އައިސްފައިހުރި ނައްސުތައް ދަސްކުރަމާ ހިނގާށެވެ. އެދުވަސް ތަޤްދީސްކުރަމާ ހިނގާށެވެ. ހަފްތާގެ ހުރިހާ ދުވަހެއް ދުނިޔެއައިގެން މަޝްޣޫލުވެ ނޫޅެމާ ހިނގާށެވެ. ހުކުރު ދުވަހުގެ މާތްކަން ލިބިގަތުމުގެ ތެރޭގައި އެދުވަހުގެ އަޅުކަންތަކުގައި ޝާމިލުވެ އުޅުން ހިމެނެއެވެ.

ހުލުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ މަރުވާ މީހުން ކަށްވަޅުގެ ފިތުނައިންސަލާމަތް ކުރައްވައެވެ. އެ ދުވަހުގައި އަޖަލު ހަމަވެ މަރުވާ މީހުންނަށް އެއީ ހެޔޮނިމުމެއްގެ ޢަލާމާތެއް ކަމުގައި ޢިލްމުވެރިން ދެކެލައްވައެވެ. މާތް ނަބިއްޔާصَلَى اللهُ عَلَيْهِ وَسَلَّم ޙަދީޘްފުޅު ކުރެއްވިއެވެ. «مَا مِنْ مُسْلِمٍ يَمُوتُ يَوْمَ الْجُمُعَةِ أَوْ لَيْلَةَ الْجُمُعَةِ إِلا وَقَاهُ اللَّهُ فِتْنَةَ الْقَبْرِ (رواه الترمذي) މާނައަކީ: [ޤަބުރުގެ ފިތުނައިން (އެބަހީ ކައްވަޅުގެ ޢަޒާބުން) ސަލާމަތްވެގެންވާ މީހަކުކަމުގައި މެނުވީ ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭމަރުވާ މުސްލިމު މީހާ ނުވެއެވެ.]

ހުކުރު ދުވަހަކީ މުސްލިމުންގެ ޢީދު ދުވަހެވެ. އެއީ ކޮންމެ ހަފްތާއެއްގައިއަންނަ ޢީދެކެވެ. އެ ދުވަހު މުސްލިމުން ޒީނަތްތެރިވެއެވެ. ހިނާ ޠާހިރުވެއެވެ. އާދައެއްގެ ގޮތުން ބޯކޮށުމާއި ނިޔަފަތި ކެނޑުން ވެސް އޮންނަނީ އެދުވަހުއެވެ. ހުކުރު ދުވަހު އެއްބަޔަކު އަނެއްބަޔަކަށް ޒިޔާރަތްކޮށް ހާލުބަލައިއުޅެއެވެ. އަދި ގާތްތިމާގެކަމުގެ ގުޅުން ވެސް ބަދަހިކުރާ ދުވަހެއްގެ ގޮތުގައިމުސްލިމުން ހުކުރު ދުވަސް ބަލައިގަނެއެވެ.

ހުކުރު ދުވަހުގެ މާތްކަން ފެށެނީ އެ ދުވަހުގެ ފަތިސްނަމާދުންނެވެ. ޢުމަރުގެފާނުންގެ ދަރިކަލުން عبد اللهގެ ކިބައިން ރިވާވެގެން ވާޙަދީޘްފުޅެއްގައި ވެއެވެ. «إنَّ أفضلَ الصَّلواتِ عندَ اللَّهِ: صلاةُ الصُّبحِ يومَ الجمعةِ في جَماعةٍ» (البيهقي) މާނައީ: ”ހަމަކަށަވަރުން، ޙަޟްރަތުގައި މަތިވެރިކަން އެންމެ ބޮޑު ނަމާދަކީޖަމާޢަތުގައި ކުރާ ހުކުރު ދުވަހުގެ ފަތިސް ނަމާދެވެ.“ އޭގެ މާނައަކީ ފަރުޟުފަސް ނަމާދުގެ ތެރެއިން ދަރުމައާއި އަޖުރު އެންމެ ގިނަވާނީ ޖަމާޢަތުގައި ކުރާހުކުރު ދުވަހުގެ ފަތިސް ނަމާދުގައެވެ.

ހުކުރަށް ދާ މީހާ މިސްކިތަށް ވަންނަ ގޮތަށް އިށީނުމަކީ މަނާ ކަމެކެވެ. މިސްކިތު ސުންނަތުގެ ގޮތުގައި ދެ ރަކުޢަތް ކޮށްފައި މެނުވީ ނުއިށީންނާށެވެ. އަދި މިސްކިތުގެ ސަފުތައް ހުރަސްކޮށް ކުރިޔަށް ދިއުމުގައި މީސްތަކުންގެކޮނޑުތައް މަތިން ހުރަސް ކުރުމަކީ ނަހީ ކުރައްވައިފައިވާ ކަމެކެވެ. މިސްކިތަށްކުރިން އަންނަ މީހުން މިސްކިތުގެ ފަހަތުގައި ނުތިބެ ކުރިޔަށް ދިޔުމުން މިމައްސަލަ ދިމާނުވާނެއެވެ.

ހުކުރު ދުވަހަކީ ނަބިއްޔާގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަ ކުރަންވީދުވަހެވެ. ޞަލަވާތުގެ ގޮތުގައި ކިޔެވުން އެންމެ އަޢްލާވެގެންވަނީ އިބްރާހީމީޞަލަވާތެވެ.

ހުކުރު ދުވަހުގެ މާތްކަން އަޅަމެންނަށް ދެއްވާނދޭވެ! އެ ދުވަހާ މެދުޣާފުލުވާ ބަޔަކު ކަމުގައި އަޅަމެން ނުލައްވާނދޭވެ!