އެމެރިކާގެ މެރީލޭންޑް މީހަކު އޮފީހުގައި ހޭދަކުރި ސްޓްރެސް ދުވަހަކަށްފަހު ގޮސް ގަތް ލޮޓަރީ ޓިކެޓުން 50،000 ޑޮލަރު ލިބިއްޖެ އެވެ.
”ސްޓޯން ކޯލްޑް މަނީ“ގެ ނަމުގައި އެ ފައިސާއާ ހަވާލުވި މީހާ ބުނި ގޮތުގައި އޭނާއަކީ އިންފޮމޭޝަން ޓެކްނޮލޮޖީ ޕްރޮފެޝަލްއެއްގެ މަގާމުގައި ވަޒީފާ އަދާކުރާ މީހެކެވެ.
އަދި ލޮޓަރީ ޓިކެޓެއް ގަތީ އޮފީހުގައި ހޭދަކުރަންޖެހުނު ސްޓްރެސް ދުވަހަކަށްފަހު މެންދުރުގެ ކެއުން ނަގަން ދިޔަ މަގުމަތީގައި ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި، ފައިސާގެ އިނާމު ލިބުނުކަން އެނގުނީ ކާން އިނދެފައި ޓިކެޓް ސްކޭން ކޮށްލުމުންނެވެ. އަދި އެކަން ވަގުތުން އޭނާގެ އަންހެނުންނަށާއި މަންމައަށް އަދި ގާތް އެކުވެރިއެއް ގާތު ބުނި ކަމަށް ބުންޏެވެ.
އޭނާ ބުނީ، އޮފީހުގައި ހޭދަކުރި ސްޓްރެސް ދުވަސް ބަދަލުވެގެން ދިޔައީ އޭނާގެ ހަޔާތުގައި ދުވަހަކުވެސް ހަނދާން ނުނެތޭނެ ދުވަހަކަށް ކަމަށެވެ. އަދި ލިބުނު ފައިސާ ހަރަދުކުރާނީ އާއިލާއަށް ގެއަށް ގަތުމަށް ކަމަށް އޭނާ ބުންޏެވެ.

ގުޅުންހުރި
ރާއްޖެއިން ބޭރުން އަގުހެޔޮކޮށް ވިޔަފާރި ކުރާތީ ބީއެމްއެލް އިން ކަންބޮޑުވެ، ކުދިކިޔަން
ސިފައިންގެ ކޮޅުވެއްޓި އޮތީ 1800 ފޫޓު އަޑީގައި، ގެއްލިގެން ހޯދާ ބިދޭސީ
ޝަމްއާއިން ދެންތިބި މީހުންގެ ޝަރީއަތް ފަށައިފި، އެކަކު ވަނީ ދައުވާއަށް އިއުތިރާފުވެފަ
ރައީސްގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ސިންގަޕޫރުގައި އޯކިޑް ގަހަކަށް ނަން ދީފި
ބީއެމްއެލް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ޝެއިން އަދި ތެމޫގެ ވިޔަފާރި ކުރާއިރު 30 ޕަސެންޓުގެ ފީއެއް ދެން