މާފުށީ މާބަނޑު ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
މިރޭ ނިޔާވީ މާފުށީ/ ރެޑްސީ، އުމުރުން 25 އަހަރުގެ ފާތިމަތު ލަމްހާ އެވެ.
ލަމްހާގެ މައްޗަށް ކަށުނަމާދު ކުރީ މިރޭ ތަރާވީހް ނަމާދަށް ފަހު މާފުށީ ކަތީބު ހުސައިން މިސްކިތު ގައެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ލަމްހާ ނިޔާވީ ބަލިކޮށް އުޅުމަށްފަހު ކަމަށާއި މާލޭގައި ގެންގޮސް އެޑްމިޓް ކޮށްގެންވެސް ފަރުވާ ދިން ކަމަށެވެ.
ލަމްހާ ނިޔާވިއިރު އިނީ ބަލިވެ އެވެ. ނަމަވެސް ބަނޑަށްވީ ކިތައް މަސް ކަމެއް އަދި ސާފެއް ނޫނެވެ.



