ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓްތަކުގެ މެއިލް ބޮކްސްތަކަށް ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ބައިބަލްގެ ލިންކުތައް ލިޔެފައި ހުންނަ ކާޑުތަކެއް އެޅި ދެ އަންހެނުންގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.
އެނގިފައިވާ ގޮތުގައި އެ ދެ މީހުންގެ ބަންދަށް 10 ދުވަސް ޖަހާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ހިޔާގެ މެއިލްބޮކްސްތަކަށް ބައިބައިލްގެ ދިވެހި ތަރުޖަމާ އެޅި މައްސަލައިގައި ފުލުހުން އެ ދެ އަންހެނުން ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެެވެ.
އެ ދެ އަންހެނުން އެޅި ބިޒްނަސް ކާޑުތަކުގައި ކްރިސްޓިއަން ދީނާ ގުޅޭ ފިލްމުތަކެއްގެ ލިންކާއި ކްރިސްޓިއަން ދީނާ ގުޅޭ ވެބްސައިޓްތަކުގެ ލިންކުތައްވެސް ލިޔެފައިވެ އެވެ.
މި މައްސަލަ ސޯޝަލް މީޑިއާގައި ޖެހުމުން ދެ މީހުން މިހާރު ހައްޔަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ ވިދާޅުވެފަ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހައްޔަރުކުރި ދެ މީހުންނަކީ ޖަރުމަނަށް ނިސްބަތްވޭ ބައެއް ކަމަށާއި އެ މީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓް ވިސާގައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުންޏެވެ.




ގުޅުންހުރި
ދެބެއިންގެ ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
ފުލެޓުތަކުގެ މަސައްކަތް ބީޔޫސީޖީ އާއި ސީއެމްއީސީއަށް، އަންނަ މަހު މަސައްކަތް ފަށަނީ
ހުޅުމާލެއިން ޓޯކުރި 105 އުޅަނދެއް ދޫކޮށްފި
ފުލުހެއްގެ ކަރުގައި ހިފި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މި ސަރުކާރުގެ ފްލެޓް އުސޫލު: ދޭނީ ކިތައް ކޮޓަރީގެ ފްލެޓެއްކަން ނިންމުމުގެ
ވީއައިއޭ އިން މިއަދު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދޭނެ